މާވަށުގައި މީހަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މ
28 ޖުލައި 2025 12:081 މިނިޓުގެ ކިޔުން
Aa

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަރުވެފައިވަނީ ލ. މާވަށް/ ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ކަމަށެވެ.

މޫސާ އިބްރާހިމްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް 29 އަހަރު ކަމަށް ފުލުހުން ބުންޏެވެ.

މުހައްމަދު އިބްރާހިމް ހުރީ ވަށަފަރު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މާރާމާރީއަކީ ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.