ޑުރަގާއެކު އަންހެން ފުލުހަކު ހައްޔަރުކޮށްފި

މ
19 ޖުލައި 2025 16:251 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކުރީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.

ހައްޔަރުކުރި ދެ މީހުންނަކީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ. އެ ދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ

ފުލުހުން ބުނީ އެ ދެމީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާއަށް ފަސް ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި އާންމުވުން ހިމެނޭއިރު މިދިޔަ އަހަރު ޑުރަގާ ގުޅުންހުރި 1،673 މައްސަލަ ހުށަހަޅައިފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް 1،010 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.