ރައީސް މުއިއްޒު، ކިނބި ގަހެއް، މޯދީ، އަނބު ގަހެއް އިންދަވައިފި

މ
25 ޖުލައި 2025 19:371 މިނިޓުގެ ކިޔުން
Aa

ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ، ސަލްޓަން ޕާކުގައި މިއަދު ގަސް އިންދައިފި އެވެ.

ސަލްޓަން ޕާކުގައި މިއަދު ބޭއްވި ގަސް އިންދުމުގެ ރަަސްމިއްޔާތެއްގައި ރައީސް އިންދަވާފައިވަނީ ކިނބި ގަހެކެވެ. އަދި މޯދީ އިންދަވާފައިވަނީ އަނބު ގަހެކެވެ.

ރައީސް އޮފީހުން ބުނީ މިއީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސަލްޓަން ޕާކުގައި އިންދި ގަސްތަކެއް ކަމަށެވެ.

މޯދީ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުއިއްޒުގެ ދައުވަތަކަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.