އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު، ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް ފުލުހުން ފަށަައިފި

މ
20 ޖުލައި 2025 12:461 މިނިޓުގެ ކިޔުން
Aa

ދަރިފުޅު އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މައްސަލާގައި، އެ ކުއްޖާގެ މަންމަ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ސ. ހިތަދޫ، އުޖާލާ، އާމިނަތު ޝިފްޒާ (40އ) އެވެ.

ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި މަދުން ނަމަވެސް، މައިމީހާގެ ފަރާތުން ދަރިފުޅަށް މަސްތުވާތަކެތީގެ އަސަރުކޮށް، އެކަމުގެ ސަބަބުން ދަރިފުޅަށް ސިއްހީ ގިނަ ކަންތައްތައް ދިމާވާ މައްސަލަތައް ފެންމަތިވެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.