މާންދީ ދެއްކި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަން ސާބިތުވާ ކަމަށް ހުކުމް ކޮށްފި

މ
20 ޖުލައި 2025 13:341 މިނިޓުގެ ކިޔުން
Aa

އެމްޑީޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދި) ދެއްކި ވާހަކަ ތަކުން ރައީސް މުހައްމަދު މުއިއްޒު އާއި ސާޖިދާ މުހައްމަދުގެ ދަރިކަލުންގެ އުމެއިރު މުހައްމަދުގެ އަބުރު ގެއްލިފައިވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދުކުރި ހުކުމުގައި ބުނީ މާންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމޭރުގެ އަބުރު ގެއްލުނުކަން ސާބިތުވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކަމުގެ އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭނެ ކަމަށެވެ.

ހުކުމުގައި ބުނީ މަންދި ދެއްކި ވާހަކަތަކުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އަދި މައާފަށް އެދުމަށް މަންދި، ފައްޔާޒު، އަދި އެމްޑީޕީގެ މައްޗަށް ވެސްއަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.