ބާޒާރުން ފިޔާ ލިބުން ދަތިވުމުން އެސްޓީއޯ އިން ފިޔާގެ ޝިޕްމަންޓެއް ގެންނަނީ

މ
29 ޖުލައި 2025 23:181 މިނިޓުގެ ކިޔުން
Aa

ބާޒާރުން ފިޔާ ލިބުން ދަތިވެފައިވާތީ އެކަން ހައްލު ކުރުމަށް ފިޔާ ޝިޕްމަންޓެއް ގެންނަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ވިޔަފާރިތަކުން ބުނާ ގޮތުން ބާޒާރުން ފިޔާ ލިބުން ދަތިވީ, ފިޔާ ރާއްޖެ ގެނެސްފައި ހުރި ނަމަވެސް މޫސުން ގޯސްވުމާއި ގުޅިގެން މުދާ ކްލިއާ ކުރުމުގައި ދަތިތައް ދިމާވުމުގެ ސަބަބުންނެވެ.

ބާޒާރުގައި, ހާއްސަކޮށް ރޯދަ މަހު ކާބޯތަކެތީގެ ޝޯޓޭޖެއް ދިމާވާ ކޮންމެ ފަހަރަކު، އެސްޓީއޯ އިން އަގުތައް ކޮންޓްރޯލް ކުރުމަށާއި އާންމުންނަށް ފަސޭހައިން އެ ތަކެތި ލިބޭނެ ގޮތް ހެދުމަށްޓަކައި އެހީވެ އެވެ.

އެގޮތުން މި އަހަރުގެ ރޯދަ މަހުވެސް ފިޔާ ލިބުން ދަތިވުމުން އެސްޓީއޯ އިން ފިޔާ ގެނެސް, މާރުކޭޓުގައި އޭރު ފިޔާ ވިއްކަމުންދިޔަ އަގަށްވުރެ ހެޔޮ އަގުގައި ފިޔާ ވިއްކި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.