ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓު

މ
30 ޖުލައި 2025 11:241 މިނިޓުގެ ކިޔުން
Aa

ރަޝިޔާ ކައިރިއަށް މިއަދު އައި ބާރުގަދަ ބިން ހެލުމުގެ އަސަރު ރާއްޖެ ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓު އޮފީހުން މިއަދު ބުނެފި އެވެ.

ރަޝިއާގެ އިރުމަތިން ކަނޑު ތެރެއަށް 8.7 މެގްނިޓިއުޑްގައި ބިންހެލުމެއް ވަނީ އައިސްފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އެންމެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ.

އެ ބިން ހެލުމާ ގުޅިގެން މެޓުން މިއަދު ބުނީ ބިން ހެލުން އައިސްފައިވަނީ ރާއްޖެއާ ދުރުން ކަމަށާއި އެހެންވެ ރާއްޖެއަށް އަސަރު ނުކުރާނެ ކަމަށެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވެސް ބުނީ ބިން ހެލުމުގެ އަސަރު އިންޑިއާ ކަނޑަށް ނުކުރާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.