އާ ޓާމިނަލް ހުޅުވުން: ކުރީގެ ރައިސުންގެ ތެރެއިން ވަޑައިގެންނެވީ ވަހީދާއި ނަޝީދު

މ
26 ޖުލައި 2025 21:151 މިނިޓުގެ ކިޔުން
Aa

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ހުރިހާ ރައީސުންނަށް ދައުވަތު ދެއްވި ނަމަވެސް ދައުވަތު ގަބޫލުކުރައްވައި އެ ޖަލްސާ ވަޑައިގެންނެވީ ކުރީޣެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭގެ ޖަލްސާއަށް ވަޑައިނުގަންނަވައެވެ.

ވީއައިއޭ އާ ޕަސެންޖާ ޓާމިނަލް ރަސްމީކޮށް މިރޭ ހުޅުވުމަށް ނިންމާފައިވާއިރު ޓާމިނަލް ހުޅުވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މިރޭ މާލެ ވަށައިގެން ހަ މިނިޓަށް ހަވާ އަރުވާއިރު ހާއްސަ ޑްރޯން ޝޯއެއް ވެސް ބާއްވާނެ އެވެ.

އާ ޓާމިނަލް ހުޅުވުން: ކުރީގެ ރައިސުންގެ ތެރެއިން ވަޑައިގެންނެވީ ވަހީދާއި ނަޝީދު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.