ފުލުހުންނަށް ނުބައި ނަމެއް ދިން މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް

މ
31 ޖުލައި 2025 16:131 މިނިޓުގެ ކިޔުން
Aa

ފުލުހުންނަށް މީހެއްގެ އަމަލު ހުރިގޮތުން އެ މީހާއާ މެދު ޝައްކުވެގެން ހުއްޓުވައި ކާކުކަން އަންގައިދިނުމަށް އެދުމުން ނުބައި ނަމެއް ދިން މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކާކުކަން ބުނެދޭން އެދުމުން ފުލުހުންނަށް ނުބައި ނަމެއް ދީ ފުލުހުންނަށް އޮޅުވާލީ އިބްރާހިމް އަގީލް ނަމަކަށް ކިޔާ މީހެކެވެ. އިބްރާހިމް އަގްލީމް ހުއްޓުވައި ފުލުހުން ސުވާލުކުރުމުން ބުނީ އޭނާއަށް ކިޔަނީ މުހައްމަދު އަގްލީމް ކަމަށެވެ. ވައްކަން ކޮށްގެން ފިލަން އުޅުމުގެ ތުހުމަތުގައި އިބްރާހިމް އަގްލީމް ހައްޔަރުކޮށް ބެލި ބެލުމުން އޭނާއަކީ އިބްރާހިމް އަގްލީމްކަން ފުލުހުންނަށް އެނގުނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމުންނެވެ.

އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށްކުރީ ޝަހުޝު އޮޅުވާލުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާއަށް އަގީލް ވަނީ އިއުތިރާފުވެފަ އެވެ. އެހެންވެ ކުރިމިނަލް ކޯޓުން ވަނީ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ނަމަވެސް އޭނާ ބަންދުގައި ހުރި މުއްދަތަށް އުނި ކުރުމަށްފަހު ހުކުމް ތަންފީޒުކުރަން ޖެހޭނީ ހަތަރު މަހާއި ހަތަރު ދުވަހެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.