ޔަމަން ކައިރިއަށް ބޯޓެއް ފެތި 68 ރެފިއުޖީން މަރުވެއްޖެ

ރ
4 އޮގަސްޓު 2025 22:391 މިނިޓުގެ ކިޔުން
Aa

ރެފިއުޖީންނާއި ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ޔަމަން ކައިރިއަށް ފެތި އޭގެން ދަތުރުކުރި 68 މީހަކު މަރުވެއްޖެ އެވެ.

ޔަމަނުގައި ހަރަކާތްތެރިވާ އދ. ގެ ހިޖުރަވެރިންގެ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޔަމަނުގެ އަބްޔާން ޕްރޮވިންސުގެ ބޭރަށް ފެތުނު ބޯޓުގައި 154 މީހުން ތިއްބެވެ. އޭގެ ތެރޭގައި ގިނައީ އިތިއޯޕިއާ މީހުން ކަމަށްވެސް ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެ ހާދިސާގައި 68 މީހުން މަރުވި އިރު، 74 މީހަކު ވަނީ ގެއްލިފަ އެވެ. އަދި 12 މީހުން ސަލާމަތްވެފައިވާ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން 54 މީހެއްގެ ހަށިގަނޑު އަބްޔާންގެ ޚާންފަރު ޑިސްޓްރިކްޓުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި ފެނިފައިވާއިރު، އެހެން ސަރަހައްދަކުން 14 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.