އެންސްޕާ މެދުވެރިކޮށް ބޭހަށް ދާ މީހުންނަށްވެސް 2،000 ޑޮލަރު ދެނީ

މ
1 އޮގަސްޓު 2025 11:461 މިނިޓުގެ ކިޔުން
Aa

އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، މިއަދުން ފެށިގެން އެންސްޕާ ބަލި މީހުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިން އެޕް ބޭނުންކޮށްގެން ޑޮލަރު ހޯދުމަށް ބޭނުންވާ ސަޕޯޓިން ޑޮކިއުމަންޓްތަކާއެކު ރިކުއެސްޓް މިހާރު ހުށަހެޅޭނެ ކަމަށެވެ.

ސަރުކާރުން ވަނީ އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ވެސް މިއަދުން ފެށިގެން 1000 ޑޮލަރު ދިނުމަށް ނިންމަވާފައެވެ.

މިހާރު ވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ބޭންކު ރޭޓުގައި ބޭންކު މެދުވެރިކޮށް ޑޮލަރު ލިބެއެވެ.

އެ ޑޮލަރު ދޫކުރާނެ ގޮތްތައް ކަނޑައަޅާނީ ބޭންކުންނެވެ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.