އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

މ
2 އޮގަސްޓު 2025 14:071 މިނިޓުގެ ކިޔުން
Aa

އިސްކަންދަރު ސްކޫލް ކައިރީގައި އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، މ. ސްޓާ، މުހައްމަދު ރަޒީން، 49އ. ކަމަށްވެސް ބުންޏެވެ.

މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް އަދި ޖަލުގައި ހުކުމް ވެސް ތަންފީޒުކޮށްފައިވާ ރަޒީނަކީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައި މިފަހުން ހައްޔަރުކުރި މީހެކެވެ.

އަދި އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.