ގާކޮށީގެ ޕާކިން ޒޯނުން ސްޓެލްކޯ އިން ބަންދުކޮށްފައިވާ ސަރަޙައްދު ހުޅުވާލަނީ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ގާކޮށި ޕާކިން ޒޯނުން ބައެއް ހިމެނޭ ގޮތަށް ސްޓެލްކޯ އިން ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހަފުތާ ނިމުމުގެ ކުރިން ބަންދުކޮށްފައިވާ ސަރަހައްދު ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

މި ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ހިދުމަތުގެ ބައިވެރިޔާއަށްވާއިރު، އެ ކުންފުންޏަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަ ކަންކަމަށް ހައްލު ހޯދައިދެމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.