ގާޒާ އެއްކޮށް ހިފަން އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި

މ
8 އޮގަސްޓު 2025 23:291 މިނިޓުގެ ކިޔުން
Aa

މުޅި ގާޒާ ހިފައި އެ ތަނުގައި ވަކި ވެރިކަމެއް ކުރަން އިޒްރޭލު ސަރުކާރުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ގާޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާއީލުން ހާމަކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ އެއީ ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި އަދި އެއީ ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއަށް އިޒްރޭލުގެ މި ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.