ކުޅުދުއްފުށީގައި ދުވަން ދިޔަ މީހަކު ސްޓޭޑިއަމް ފާހާނާ ތެރޭގައި މަރުވެފަ އޮއްވާ ފެނިއްޖެ

މ
6 އޮގަސްޓު 2025 12:011 މިނިޓުގެ ކިޔުން
Aa

ކުޅުދުއްފުށި ސިޓީގައި ދުވަން ދިޔަ މީހަކު އެ ރަށު ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި މަރުވެފަ އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ހދ. ކުޅުދުއްފުށީ، ޖިފުޑީ 67 އަހަރުގެ ހަސަން މޫސާ ކަމަށެވެ.

ފުލުހުން ބުނީ ހަސަން މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފާހަނަ ތެރޭގައި ވެށްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހަސަން މޫސާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށާއި އޭނާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަ ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.