މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި

ރ
9 އޮގަސްޓު 2025 12:18އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިޔަދު ހެނދުނު 9:30 ކަށްހާއިރު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނީ ސްޓެލްކޯ އިން ބުނި ގޮތުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ނަމަވެސް ގާތްގަނޑަކަށް 11:40 ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދިނެވެ. އަދި މެންދުރު 12:15 ހާއިރު ދިމާވި މައްސަލަ ހައްލުކޮށް މާލެއަށްވެސް ކަރަންޓު ވަނީ ދީފަ އެވެ.

ސްޓެލްކޯ އިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މައާފަށްވެސް އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.