ފުލުހުންނަށް ފިލަން ވެގެން ނުރައްކާތެެރިކޮށް ދުއްވި ކާރެއްގައި ތިބި ދެ މީހަކު ހައްޔަރުކޮށްފި

މ
10 އޮގަސްޓު 2025 10:351 މިނިޓުގެ ކިޔުން
Aa

ފުލުހުންނަށް ފިލަން ވެގެން ނުރައްކާތެެރިކޮށް ދުއްވި ކާރެއްގައި ތިބި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކާރު ދުއްވި ފިރިހެން މީހާއާއި ކާރުގައި ހުރި އަންހެން މީހާ ކަމަށެވެ.

އެ ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އަދި 2 ގެ އެކި މަގުތަކުގައި ދުއްވި ކަމަށާއި، އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވައްޓައިލި އެ ސައިކަލްގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.