ތިން ދުވަހު މޯޅިނުވެ ހުންނަ މާ ހޯދަންކުރި އިއުލާން ބާތިލުކޮށްފި

މ
10 އޮގަސްޓު 2025 15:001 މިނިޓުގެ ކިޔުން
Aa

ތިން ދުވަހު މޯޅިނުވެ ހުންނަ މާ ހޯދަން ރައީސް އޮފީހުން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

ރައީސް އޮފީހުން އެ އިއުލާން ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގަ އެވެ. އެ އިއުލާނުގައި ރައީސް އޮފީހުން ބުނެފައިވަނީ އެ އޮފީހަށް ބޭނުންވާ، ތިރިކޮށް, އޯވަލް ޝޭޕަށް ހުންނަ މާ، ތިން ދުވަސް ވަންދެން މޯޅިނުވެ ހުންނަ ގޮތަށް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.

އަދި ބުނެފައިވަނީ ގެންނަ މާ ބޮނޑިއެއްގެ ދިގު މިނުގައި 18 އިންޗި ހުންނަން ޖެހޭނެ ކަމަށާއި އެތަކެތި އެ އޮފީހަށް ގެންނަން ޖެހޭނީ ހަފުތާއަކު ދެ ދުވަހު ކަމަށާއި، އޭގެން ކޮންމެ ދުވަހަކު ހަ މާބޮނޑި ބޭނުންވާނެ ކަމަށެވެ.

އެ އިއުލާނާ ގުޅިގެން ގިނަބަޔަކުގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް އޮފީހުން މިއަދު ބުނީ، އެ އޮފީހުން މާ ހޯދަން ކުރި އިއުލާނަށް ޝައުގުވެރިކަން ފާޅުކުރި ތިން ފަރާތުން ހާޒިރުވެފައިނުވާ ކަމަށާއި، އެހެންވެ އިއުލާނު ބާތިލްކުރަން ނިންމީ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.