އެމްޑީޕީގެ ރައީސްކަމުގެ ޒިންމާއާ މި ހަވާލުވީ އާބާރެއްގައި ޕާޓީ ކުރިއަށް ގެންދަން: ޝާހިދު

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

އެމްޑީޕީގެ ރައީސްކަމުގެ ޒިންމާއާ ހަވާލު މިވީ ޕާޓީގެ މެންބަރުންގެ ފުރިހަމަ އިތުބާރާއެކު އާބާރެއްގައި އެމްޑީޕީ ކުރިއަށް ގެންދަން ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު މެންދުރު 2:00 އަށް ހަމަވި އިރު، އެ މަގާމަށް ކުރިމަތިލީ ޝާހިދު އެކަންޏެވެ. އެހެންވެ އިންތިހާބަކާ ނުލައި، އޭނާއަށް ރައީސްކަން ލިބިފައިވާކަން އެމްޑީޕީން ވަނީ އިއުލާންކޮށްފަ އެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ ކަމަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. އެހެންވެ އެ މަގާމު، މިދިޔަ ނޮވެމްބަރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވަގުތީ ގޮތުން އޮޮތީ ހަވާލުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.