ކުރީ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ކުރީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ކޮމިޝަނުން ބަލަމުންދަނީ ސިޔާސީ މަގާމުތަކުގައި ކުރީގައި ތިއްބެވި ބައެއް މީހުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ކަމަށެވެ.

އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް އޭސީސީން މިރޭ ބުނި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގައި ހިންގި 120 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރި އެވެ.

އަދި އެ ހިޔާނާތް ނިސްބަތް ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނަށާއި ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކަށް ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެކަން އޭސީސީއަކުން ކަށަވަރުކޮށެއް ނުދެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.