ރާއްޖޭގޭ ސަރަހައްދުތަކަށް ކެރީގެ އަސަރުކުރި ނަމަވެސް މާބޮޑު ވިއްސާރައެއް ނެތް: މެޓް

ރ
20 އޮގަސްޓު 2025 12:051 މިނިޓުގެ ކިޔުން
Aa

ކުރިއަށް އޮތް ދެތިން ދުވަހުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުކުރި ނަމަވެސް މާބޮޑު ވިއްސާރައެއް ނެތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓްއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރިނަމަ ވެސް މޫސުން ގޯސްނުވާނެ އެވެ. ދޭތެރެއަކުން ވާރޭ ވެހުނު ނަމަވެސް ބޯކޮން ވިއްސާރަ ނުވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓްއިން ބުންޏެވެ.

އަދި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް 5 މޭލާއި 15 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ބުންޏެވެ.

ނަމަވެސް ކެރީގެ އަސަރުކުރާ ވަގުތުތަކުގައި ކަނޑު ގަދަވެދާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓްއިން ވަނީ އިތުރަށް ބުނެފައެވެ.

މިއަދުގެ ރާޅުގެ އުސްމިނަށް ބަލާއިރު 2 ފޫޓާއި 4 ފޫޓާ ދެމެދުގައިނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.