މަކުނުދޫއަށް ދެން އަންނާނީ އެއާޕޯޓް ހުޅުވައިދޭން: ރައީސް

މ
26 އޮގަސްޓު 2025 13:331 މިނިޓުގެ ކިޔުން
Aa

ހދ. މަކުނުދޫއަށް ދެން އެ މަނިކުފާނު ވަޑައިގަންނަވަނީ އެ ރަށުގެ އެއާޕޯޓް ހުޅުވައިދެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު، މަކުނުދޫއަށް ވަޑަައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން އެއާޕޯޓުގެ މަސަައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަކުނުދުއަށް އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓުގެ މަސައްކަތްކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ރިޔާސީ އިންތިހާބުގައި އަދި އޭގެ ފަހުން ވެސް އެ ރަށަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދަކީ އެއާޕޯޓު އަޅައި ދިނުމުގެ ވައުދު ކަމަށެވެ.

”އެހެންވީމާ މިއަދު ސޮއިކުރި އެއްބަސްވުމާ އެކު މިދެންނެވި ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަން. އެންމެ އިސްކަމެއްދޭނީ ވަރަށް ބާރަށް ހަލުވިކަމާ އެކު ވީ އެންމެ އަވަހަކަށް މި މަޝްރޫއު ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ މި މަޝްރޫއު ވަރަށް ބާރަށް ގެންގޮސް ނިންމައިދޭނަން،“ ރައީސް ވިދާޅުވި އެވެ.“

”އަޅުގަނޑު އުންމީދަކީ އެއާޕޯޓުގެ މަސައްކަތް ނިންމައި އެއާޕޯޓު ހުޅުވަން ދެން އަންނަން. އެކަން ނިމުނީމާ އަޅުގަނޑަށް ދެން އާދެވޭނީ. އެެހެންވީމާ އަޅުގަނޑު ބަލާނަން ވީހާ ވެސް އަވަހަކަށް އެކަން ނިންމައިދެވޭތޯ.“

ރައީސް ވިދާޅުވީ މަކުނުދޫ އެއާޕޯޓް ހިންގުމާ ހަވާލުވާނީ އެމްއޭސީއެލުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަކަށް އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓު އެޅުމުގެ މަޝްރޫއަށް ބިން ހިއްކުމުގެ ބޮޑު ބައެއް މިހާރު އޮތީ ނިމިފައި ކަމަށާއި ނަމަވެސް އެ ބިމަށް 1،800 މީޓަރު އިތުރުކުރަން ނިންމާފައިވާނެ ކަމަށެވެ.

އެ ބިމުގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.