އަމިއްލަ ސްކޫލުތަކުން އޭލެވެލް ހެދޭނީ ފީ ދައްކައިގެން ކަމަށް ނިންމައިފި

ރ
26 އޮގަސްޓު 2025 15:131 މިނިޓުގެ ކިޔުން
Aa

އޭލެވެލްއަށް އަމިއްލަ ސްކޫލުތަކުން ކިޔެވޭނީ، އަމިއްލައަށް ފީ ދައްކައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ކުރީ އަހަރުތަކުގައި އޯލެވެލްގައި ފަސްމާއްދާއިން ފާސްވެ މަތީ ނަތީޖާ ހޯދާކުދިންނަށް އަމިއްލަ ސްކޫލުތަކުން އޭލަވަލް ހެދުމަށް ދައްކަން ޖެހޭ ފީ ސަރުކާރުން ދައްކައިދެ އެވެ. ނަމަވެސް އަހުމަދިއްޔާ ސްކޫލުން މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުން އޭލަވަލް ކުދިންނަށް ދައްކަމުން ގެންދިޔަ ފީ ދެން ދައްކައި ނުދޭނެކަން މި ފަހުން އެޑިއުކޭޝަން މިނިސްޓްރީންވަނީ އަންގައިފައެވެ.

އެހެންކަމުން އަމީނިއްޔާ ސްކޫލުގައި ކިޔަވަން ބޭނުންވާ ކުދިން އެޑްމިޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި 11 އާއި 12 ގެ ދަރިވަރުން މަހަކު 3500 ރުފިޔާ ދައްކަން ޖެހޭނެއެވެ. ހަމަމިއާއެކު ވިލާ ހައި ސްކޫލުގައި އޭލެވެލް ހެދުމަށް ވަނުމަށްޓަކައި 2500 ރުފިޔާ ދައްކަންޖެހޭނެ އެވެ. އަދި ކޮންމެ މަހަކު 3900 ރުފިޔާ ދައްކަން ޖެހޭނެއެވެ.

އެހެންކަމުން މިހާރު އެއްވެސް ވަރަކަށް ފީނުދައްކާ ހަމައެކަނި މާލެ ސަރަހައްދުން ކިޔެވެން ހުރީ ސީއެޗްއެސްއީ އެކަންޏެވެ.

މި ސަރުކާރުން ވަނީ ވީހާވެސް ގިނަ ކުދިންނަށް އޭލެވެލް ކިޔެވޭނެ ގޮތަށް ކްރެޓީރިއާއަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ނަމަވެސް މިގޮތައް ޕްރައިވެޓް ސްކޫލުތަކުން ފީ ދައްކަންޖެހޭ ގޮތައް ނިންމުމުން ގިނަ ބެލެނިވެރިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.