ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް

ރ
23 އޮގަސްޓު 2025 15:11އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މި އަދު ސްޓެލްކޯއިން ހުޅުމާލެ 50 މެގަވޯޓްގެ އިންޖީނުގައި ކުރި މަސައްކަތް ޓާގެޓްކޮށްފައިވާ ގަޑީގެ ކުރިން ނިންމައި މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނުވުމުން ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުގެ ޝުކުރު މުއައްޒަފުންނަށް ކިޔައިފިއެވެ.

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ވަނީ ކާމިޔާބުކަމާއިއެކު ސްޓެލްކޯއިން ވަނީ މިންމާލާފައެވެ. އެންމެ ފުރަތަމަ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ 10 ޖަހާއިރު ނަމަވެސް މީގެ ގަޑިއިރެއްހާ ކުރިން ވަނީ މި މަސައްކަތް އެއްކޮށް ނިންމާލެވިފައެވެ.

ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާ އިންޖީނުތައް ލޯޑަށްލެވި މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެވިފައި ކަމަށާއި ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެހެންކަމުން، މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވައި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަހައްދުގެ ކަސްޓަމަރުންގެ ފަރާތުން ސްޓެލްކޯއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ހުރިހާ ކަސްޓަމަރުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށް ފަހުމީ ވަނީ ބުނެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.