ފޭސް ދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނަކު ނިޔާވެއްޖެ

A
13 އޭޕްރީލް 2024 18:281 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ ފޭސް ދޭއްގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، (18އ) އެވެ. ވިޝާލް މަރުވެފައިވަނީ މިރޭގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ހަވީރު، 5:00 ޖެހިއިރު ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓު ލިބުނު ޒަހަމްތަކަށް ޥިޝާލް ފަރުވާ ހޯދަމުން އައިސްފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އޭނާގެ ކަށުނަމާދު މިރޭ 12:00 ޖަހާއިރު ހުޅުމާލެ ސަހަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ