ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މ
27 އޮގަސްޓު 2025 11:401 މިނިޓުގެ ކިޔުން
Aa

މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މަޖިލިސް ބޭރުގައި ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީން މިއަދު ބުނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ކަނޑައަޅުއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާ ގޮތަށް، ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވައިލާ ކަމަށެވެ.

އިއުލާނުގައި ވާގޮތުން އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވް ގެ ތެރޭގައި ގާއިމު ކޮށްފައިވާ ’މީޑިއާއެޕް‘ https://mediaapp.one.gov.mv ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ހިނގަމުން މިދާ 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބެޖެޓުގައި އަމިއްލަ މީޑިއާތަކަށް 0.1 ޕަސެންޓް ކަނޑައަޅުއްވާ ދެއްވަމުން ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ހާމަކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.