ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ

މ
20 އޮގަސްޓު 2025 19:341 މިނިޓުގެ ކިޔުން
Aa

އަންނަ އަހަރުގެ ފެބްރުއަރީގައި އއ. ތޮއްޑޫގައި ސީޕްލޭން ހިދުމަތް ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަައީސް މިއަދު ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަައި ވިދާޅުވީ ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެންމެ ކުރީ ސަފުގައި ދެހާހެއްހާ މީހުން ދިރިއުޅޭ ތޮއްޑޫ ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ދާއިރާތަކުން ކުރިއެރުންތައް ހޯދުމަށް ސަރުކާރުން ކޮށްދޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭން ބޭސްއެއް ތޮއްޑޫގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސީ ޕްލޭންގެ ހިދުމަތް ފެށުމުން ވިއްސާރަ ދުވަސްތަކުގައި ދަތުރު ކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، ޓޫރިސްޓުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.