ނޫސްވެރިން ދެކޮޅު ހަދަމުން ދަނިކޮށް މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހަށް ބަލައިގެންފި

މ
27 އޮގަސްޓު 2025 14:53އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި، ސަރުކާރުގެ ނުފޫޒު ފޯރުވޭ ގޮތަށް އަދި ނޫސްވެރިން ބޮޑެތި އަދަދުން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހަޅާފައިވާ ”މީޑިއާ ކޮންޓްރޯލް“ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަތުމަށް ފާސްކޮށްފި އެވެ.

މަޖިލީހަށް އެ ބިލު ބަލައިގަތީ ވެރިކަންކުރީ ޕީއެންސީއަށް ނިސްބަތްވާ 49 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަތުމާ ގުޅިގެން ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެންބަރުން ވަނީ އެ ބިލަށް ތާއީދުކޮށް ވާހަކަދައްކައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.