އަބްދުއްރަހްމާން މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

މ
21 އޮގަސްޓު 2025 08:531 މިނިޓުގެ ކިޔުން
Aa

މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. މާޅޮަސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް ކަމަށެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ގޭގައި ވަރުގަދަ ޒަހަމްތަކާއެކު މަރާލާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހުގައި މިހާރު ވަނީ ވަޅުލާފައެވެ. ފުލުހުން ބުނި ގޮތުގައި އޮޓޮޕްސީ ވަގުތީ ރިޕޯޓުން ވެސް އޭނާ ނިޔާވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަން ދައްކާ ކަމަށެވެ.

މި މަރާއި ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެކަކަށް ވުރެ ގިނަ މީހުންގެ ފޯނު އަތުލައި ގެތައް ބަލާ ފާސްކޮށްފައި ވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.