ރަސްމާލެ ހިއްކާތީ އެ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެ

މ
27 އޮގަސްޓު 2025 21:581 މިނިޓުގެ ކިޔުން
Aa

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު، ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެދިއްޖެ އެވެ.

އެޗްޑީސީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް ސީ އާއި އީ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި ބޮރޯ އޭރިއާއާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރަކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ

އެހެންވެ، އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިިކަމެއް ނޫން ކަމަށް ބުންޏެވެ.

އެޗްޑީސީން ވަނީ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އެ ތަނުގައި ޑްރެޖާ ދަތުރުކުރާނެ ރޫޓުގެ ޗާޓުވެސް އާންމުކޮށްފަ އެެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.