ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަންއެއް ތައްޔަރު ކުރާނެ ފަރާތެއް ހޯދަނީ

ރ
21 އޮގަސްޓު 2025 12:591 މިނިޓުގެ ކިޔުން
Aa

ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު އިސްލާމިކް މިނިސްޓްރިއިން އިއުލާން ކޮށްފިއެވެ.

ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނަކީ ޒަކާތު ހައުސްގެ ހިދުމަތްތަކާއި މައުލޫމާތުތައް އެއްތަނަކުން ފަސޭހައިން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގުސަދު ހެދުމަށް އިސްލާމިކް މިނިސްޓްރީއިން ނިއްމާފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަންގެ މަސައްކަތް ނިމުމުން މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ޒަކާތް ދައްކަން ޖެހޭ ވަރު ހިސާބު ކުރެވޭނެ އިންތިޒާމާއި، ޒަކާތާއި ގުޅޭ އޮންލައިން ލައިބްރަރީއަކާއި ޒަކާތު ހައުސްއިން ދެމުންދާ ހިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިލައްވާފައެވެ. މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ އިއުލާން ކުރައްވާފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން 2025 ސެޕްޓެމްބަރު 02 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.