އެމެރިކާ އިން ކިތަންމެ ބޭނުންވިޔަސް އީރާން ކިޔަމަންތެރިއެއް ނުކުރެވޭނެ: އާޔަތުﷲ

ރ
25 އޮގަސްޓު 2025 10:371 މިނިޓުގެ ކިޔުން
Aa

އެމެރިކާ އިން ކިތަންމެ ބޭނުންވި ނަމަވެސް އީރާނުން އެމެރިކާއަށް ކިޔަމަންތެރި ނުކުރެވޭނެ ކަމަށް އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ ހަމާނާއީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ވެރިރަށް ތެހެރާންގެ ދީނީ ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޔަތުالله ވިދާޅުވީ އެމެރިކާ އިން އިސްލާމީ އުންމަތް އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށެވެ.

”އެމެރިކާ އިން ބޭނުންވަނީ އީރާނުން އެ މީހުންނަށް ކިޔަމަންތެރިވާން. އެފަދަ ހުރިހާ ގޯސް އުއްމީދުތަކަށް އީރާނުގެ ހުރިހާ ބާރަކާއެކު ތެދުވާނަން،“ އާޔަތުالله ވިދާޅުވި އެވެ.

އާޔަތުالله މިހެން ވިދާޅުވި އިރު، އީރާނުން ވަނީ އެމެރިކާ އާއެކު ނިއުކްލިއާ މަޝްވަރާތައް ހުއްޓާލައިފަ އެވެ. އެ މަޝްވަރާތައް ހުއްޓާލީ މިދިޔަ ޖޫން މަހު އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށް ގެންދިޔަ 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އެމެރިކާ އާއި އިޒްރޭލުން ބޮން އެޅުމުންނެވެ.

އާޔަތުالله ވިދާޅުވީ، އެ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެޖެންޓުން ޔޫރަޕަށް ގޮސް ހަނގުރާމަ ނިމުމަށްފަހު އީރާނުގައި ވެރިކަން ކުރާނީ ކޮން ގައުމަކުންތޯ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.