ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު 400 ޑޮލަރު، 5 ގަޑިއިރު ތެރޭ ފުލުހުން ހޯދައިފި

ރ
28 އޮގަސްޓު 2025 21:211 މިނިޓުގެ ކިޔުން
Aa

ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި އޭގެ ވެރިފަރާތައް އެ ތަކެތި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ގެއްލިފައިވާ ކަމަށް އިއްޔެ ރިޕޯޓްކުރި މައްސަލައެއް ކަމަށެވެ.

މައްސަލަ ރިޕޯޓުކުރިތާ ފަސް ގަޑިއިރުގެ ތެރޭގައި އެ ތަކެތި ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހާ ދަތުރުކުރި ކާރު ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން ކަމަށްވެސް ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.