އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރަން ހުޅުވާލައިފި

މ
29 އޮގަސްޓު 2025 17:171 މިނިޓުގެ ކިޔުން
Aa

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމްޑީޕީ މެމްބަރުންނަށް ޝައުގުވެރިކަންފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަަލަށް ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް އެމްޑީޕީން ބުންޏެވެ

ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާއްމުކުރާނެކަމަށް އެމްޑީޕީން ބުންޏެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ފަރާތުން ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

1. އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން

2. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.

3. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.