ބަޖެޓު އެކުލަވާލުމުގައި އެންމެ އިސްކޮށް އުޅުއްވި ސަރުވަޝް މިނިސްޓްރީން ވަކިވެއްޖެ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް މަގާމުން އިސްތިއުފާ ދެއްވައި، މިނިސްޓްރީން ވަކިވެއްޖެ އެވެ.

ސަރުވަޝް ވަނީ މިދިޔަ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި، ސިޓީ ހުށަހަޅުއްވައިފަ އެވެ. އޭނާ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

ސަރުވަޝް ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފެއްޓެވީ ޖުލައި 2015 އިން ފެށިގެންނެވެ. ފިނޭންސް މިނިސްޓްރީގައި ހޭދަކުރެއްވި ގާތްގަނޑަކަށް ނުވަ އަހަރު ތެރޭގައި ސަރުވަޝް ވަނީ މިދިޔަ އަށް އަހަރުގެ ބަޖެޓު އެކުލަވާލުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.

މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައިވެސް މަސައްކަތް ކުރައްވާފައިވާ ސަރުވަޝް ވިދާޅުވި ގޮތުގައި، އޭނާ ދެން މަސައްކަތް ކުރައްވާނީ ޕްރައިވެޓް ސެކްޓަރުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.