ކާޑެއްދޫގައި އެއާޕޯޓެއް އޮއްވައި ޖެހިގެން އޮތް ތިނަދޫގައި 600 މިލިއަން ޑޮލަރުގެ އެއާޕޯޓެއް ހަދަން ސޮއިކޮށްފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ގދ. ކާޑެއްދޫގައި އެއާޕޯޓެއް ހިންގަމުންދަނިކޮށް، އެ ރަށާ ޖެހިގެން އޮތް ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ހަދަން ސޮއިކޮށްފި އެވެ.

އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެޕްރައިޒަލް މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެކު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ތިނަދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި މިރޭ ބައްދަލުވުމުގެ ތެރެއިން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޕޭން ޕެސިފިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ޖިރާޓް ޕެތްނުންތަވޮންގް އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އެ އިންވެސްޓްމަންޓުގެ އަގު 400 އާއި 600 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށެވެ.

ކާޑެއްދޫގައި އެއާޕޯޓެއް އޮއްވައި، ޖެހިގެން އޮތް ތިނަދޫގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން ނިންމައި، ބަޔަކާ ހަވާލުކުރި އިރު، ކާޑެއްދޫ އެއާޕޯޓަކީ މި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ ވިލާ އެއާއިން ހިންގާ އެއާޕޯޓެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.