ބިލްގޭޓްސްގެ ހަގު އަންހެން ދަރިފުޅު އާ ލޯބިވެރިޔަކު ހޯދައިފި

ރ
8 ސެޕްޓެމްބަރު 2025 09:361 މިނިޓުގެ ކިޔުން
Aa

މައިކްރޯސޮފްޓްގެ ކޯ ފައުންޑަރު އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްގެ އަންހެން ދަރިފުޅު ފީބީ ގޭޓްސް އާ ލޯބިވެރިޔަކު ހޯދައިފި އެވެ.

އުމުރުން 22 އަހަރުގެ ފީބީ ގޭޓްސް އެންމެ ފަހުން ހިތާވެގެން އުޅުނީ އިނގިރޭސި ރޮކް ބޭންޑް، ބީޓަލްސްގެ ލެޖެންޑް ސާ ޕައުލް މެކްކާޓްނޭގެ ކާފަދަރި، އާތާ ޑޮނާލްޑެވެ.

ދެ އަހަރަށްފަހު އެ ގުޅުން ނިމުމަކަށް ގެނައި އިރު، އާ ލޯބިވެރިޔަކު ހޯދާފައިވާކަން ފީބީ ޔަގީންކޮށްދިނީ ދަ ބާންއައުޓްސް ޕޮޑްކާސްޓުގަ އެވެ. ނަމަވެސް އާ ލޯބިވެރިޔާގެ ނަމެއް ނުވަތަ އެއީ ކާކުކަމެއް ނުބުނެ އެވެ.

ފީބީ ބުނިގޮތުގައި އާ ލޯބިވެރިއަކީ އޭނާއަށް މިހާތަނަށް ދިމާވެފައިވާ އެންމެ ރަނގަޅު ބައިވެރިޔާ އެވެ. އަދި އާ ލޯބިވެރިޔާ ފަދަ މީހަކާ އަދީ އޭނާ ރައްޓެހިނުވާ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.