ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

މ
18 ސެޕްޓެމްބަރު 2025 10:541 މިނިޓުގެ ކިޔުން
Aa

ބާސެލޯ ނަަސަންދުރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ނަސަންދުރައިގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނެވެ.

އެކަމަ ގުޅިގެން އެމްއެެންޑީއެފުން ބުނީ ރޯވެފައިވަނީ ނަސަންދުރައިގައި ހުރި ކުނި ތަކެއްގައި ކަމަށެވެ.

ކުނި ތަކުގައި ރޯވި އެ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އަލިފާން ގަނޑު ނިއްވާލާފައިވަނީ ނަސަންދުރައިގެ މުވައްޒަފުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.