ގަސްތުގައި މަސްވެރިންނަށް ފައިސާ ނުދީ ނުހުންނާނަން: ރައީސް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ފައިސާ ހުރެ، ގަސްތުގައި މަސްވެރިންނަށް ފައިސާ ނުނީ ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އިތުރަށް ދެވެން އޮތް ވަރަކުން ވެސް އެ ފައިސާ ދެމުން އަންނަ ކަމަށެވެ.

މަސްވެރިން ކޫއްޑޫގައި ކުރަމުން އަންނަ މުޒާހަރާ ހޫނުވެ، އެރަށުން ކަރަންޓް ކަނޑާލާނެ ކަމަށް ބުނެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެމަނިކުފާނު ވަނީ އެފަދަ ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މަސްވެރިންނަށް ފައިސާ ދޭންޖެހިފައިވާ މި ދުވަސްވަރަކީ ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސް ވަރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ދެކުނުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ގެމަނަފުއްޓާއި ދާންދޫ އަދި ވިލިނގިއްޔަށް މާދަމާ ވަޑައިގަންނަވާނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.