މޭވާ އަދި ތަރުކާރީ ވެސް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ރައީސް ނިންމަވައިފި

މ
11 ސެޕްޓެމްބަރު 2025 10:421 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު

ކާޑުގެ ބާވަތްތަކުގެ އިތުރުން މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނޑުކޮށް އެތެރެކޮށް ވިއްކަން ފަށަން އެސްޓީއޯއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެ މަނިކުފާނު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާ އާއެކު މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކެބިނެޓުން އެ ނިންމުން ނިންމާފައިވާ އިރު، މިދިޔަ މަހު މޭވާގެ ބާވަތްތަކުގެ އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ، ދިހަ ޕަސެންޓް އުފުލިފަ އެވެ. އެކަމާއި ގުޅިގެން އެސްޓީއޯ އިން ވަނީ ރާއްޖެއަށް އޮރެންޖު ޝިޕްމަންޓެއް އެތެރެކޮށް ވިއްކަން ފަށައިފި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.