ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި މީޑިއާ ބިލް ތަސްދީގުކޮށްފި

މ
18 ސެޕްޓެމްބަރު 2025 12:51އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މީޑިއާ ބިލާ ދެކޮޅަށް މަޖިލިސް ކުރިމަތީގައި ކުރަމުންދާ މުޒާހަރާ

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަ ދެއްވުމެއް ނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާ ބިލު ތަސްދީގު ކުރައްވައިފި އެވެ.

ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ދައުރުން ބޭއްވި ޖަލްސާއެއްގަ އެވެ. ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާއެކު އެ ބިލް މިއަދު ވަނީ ގާނޫނަކަށް ބަދަލުވެފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ”މޯލްޑިވްސް މީޑިއާ ކައުންސިލު“ އުވުނީ އެވެ. އަދި ”މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން“ މި ގާނޫނުގެ ދަށުން އުފައްދާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ އަށް ބަދަލުވީ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.