އިޒްރޭލް ސިފައިންގެ ތެރޭގައި ގައިގައިން ގަޔަށް އަރާ ސީރިއަސް ހަމުގެ ބައްޔެއް ފެތުރެނީ

މ
12 ސެޕްޓެމްބަރު 2025 21:081 މިނިޓުގެ ކިޔުން
Aa

ޣައްޒާގައި ހަރަކާތްތެރިވާ އިޒްރޭލު ސިފައިންގެ ތެރޭގައި ފަސޭހައިން ގައިންގަޔަށް އަރާ ހަމުގެ ބައްޔެއް ފެތުރެން ފަށައިފި އެވެ.

އިޒްރޭލުގެ ދުވަހު ނޫހެއް ކަމަށްވާ ޔެޑިއޮތް އަހްރޮނޮތް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިންގެ ތެރޭގައި ފެތުރެނީ ތަތްމަކުނު އިންފެކްޝަނެއްގެ ސަބަބުންނެވެ. އެގޮތުން ގައިގާ ބިހި ނަގައި, ކަހާ ހިރުވާ ހަދާކަމުގެ ޝަކުވާ ކުރާ ކަމަށާއި އެކަން ބޮޑުވަނީ ރޭގަނޑުގައި ކަމަށްވެސް ބުނެފައިވެ އެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން ޣައްޒާގައި ހަރަކާތްތެރިވާ އާންމު އަދި ރިޒާވް ސިފައިންގެ އިތުރުން ހަލާކުވެފައިވާ އިމާރާތްތަކުގައި ވަގުތީ މަރުކަޒު ހަދައިގެން ތިބި ސިފައިންގެ ތެރޭގައިވެސް އެ ބަލި ދަނީ ފެތުރެމުންނެވެ.

މިއީ ޣައްޒާގައި ހަރަކާތްތެރިވާ އިޒްރޭލު ސިފައިންގެ ތެރޭގައި ބައްޔެއް ފެތުރެން ފެށި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2023 އިން ފެށިގެން އެކި ކަހަލަ ބަލިތައް އިޒްރޭލު ސިފައިންގެ ތެރޭގައި ފެތުރެމުން އަންނަ ކަމަށް ހިބްރޫ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފައިގެ އިންފެކްޝަންތަކާއި ޝިގެއްލާ ބެކްޓީރިއާގެ ބަލިމަޑުކަމެއްވެސް ހިމެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.