އިޒްރޭލަށް ކުޅިވަރު މުބާރާތްތަކުގައި ބައިވެރި ނުވެވޭ ގޮތް ހަދަންޖެހޭ: ސްޕެއިން

ރ
16 ސެޕްޓެމްބަރު 2025 15:051 މިނިޓުގެ ކިޔުން
Aa

އިޒްރޭލަށް ބައިންލައަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ބައިވެރި ނުވެވޭ ގޮތަށް ހެދުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ގޮވާލައްވައިފި އެވެ.

ޕެޑްރޯ ވިދާޅުވީ، 2022 ވަނަ އަހަރުގައި ޔުކްރޭނާއި ރަޝިއާގެ ހަނގުރާމައިގެ ސަބަބުން، ބައިނަލްއަގުވާމީ ކުޅިވަރުތަކުން ރަޝިއާ ބޭން ކުރި އިރު، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި އިޒްރޭލު ބައިވެރިކުރުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާ ނިމުމަކަށް ގެންނަންދެން އިޒްރޭލުގެ ކުޅިވަރުތަކުގައި ބައިވެރި ނުކުރުމަށް ގޮވާލެއްވި އެވެ.

މިދިޔަ ހަފުތާގައި ސްޕެއިންގެ ސްޕޯޓް މިނިސްޓަރު ވެސް ވަނީ އިޒްރޭލު ޓީމުތައް ކުޅިވަރު މުބާރާތްތަކުގައި ބައިވެރި ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.