އަންނަ އަހަރުގެ ކުރީކޮޅު ކެޔޮދޫ ބިން ހިއްކަން ފަށައި, ޑޮލަރު އޭޓީއެމްއެއް ހުޅުވާނަން: ރައީސް

މ
20 ސެޕްޓެމްބަރު 2025 18:271 މިނިޓުގެ ކިޔުން
Aa

މި އަންނަ އަހަރުގެ ކުރީކޮޅު ވ. ކެޔޮދޫ ބިން ހިއްކައިދީ, ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, ކެޔޮދޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެންމެ ބޮޑު އެއް ވައުދަކީ ރަށުގެ ބިން ހިއްކައި ދެއްވާނެކަމުގެ ވައުދު ކަމަށާއި އެ ވައުދުގެ މަތިން ހަނދާން ނައްތާނުލައްވާ ކަމަށެވެ.

އެ ވައުދު ފުއްދެވުމަށް އަންނަ އަހަރަށް ކަނޑައަޅައި ބަޖެޓުގައި ޖަހައި އަންނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި ކެޔޮދޫއަށް 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ, ކެޔޮދޫއަކީ ގެސްޓްހައުސް, ލޯކަލް ޓޫރިޒަމްވެސް ވަރަށް ފުޅާ އަދި ވަރަށް ގިނަ މީހުން އެ ވިޔަފާރި ކުރާ ރަށަކަށްވާތީ ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށްޓަކައި އަންނަ އަހަރުގެ ކުރީކޮޅުގައި ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.