މީޑިއާ ބިލާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރަން މިރޭ ބޮޑު ފޯރަމެއް ބާއްވަނީ

ރ
13 ސެޕްޓެމްބަރު 2025 16:361 މިނިޓުގެ ކިޔުން
Aa

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލުގެ ކަންބޮޑުވުންތައް ހިއްސާކުރަން މިރޭ ބޮޑު ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

’ހިޔާލާއި ފިކުރު ކަފުނަށް‘ ނަމުގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމުކުރާ މި ފޯރަމް އޮންނާނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައެވެ.

މިރޭ ބާއްވާ ފޯރަމަކީ އޯޕަން މައިކް ފޯރަމެކެވެ. އެގޮތުން ފޯރަމްގައި ގާނޫނީ ދާއިރާ އަދި ލިޔުންތެރިކަމުގެ ދާއިރާގައި ހަރަކާތްރިވާ މީހުން ވާހަކަދައްކާނެ އެވެ. އަދި އާންމުންނަށްވެސް ބިލަށް ހިޔާލު ހުށަހެޅުމަށާއި ބިލުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ބިލާ ގުޅޭ ގޮތުން ނޫސްވެރިން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެ ކަންބޮޑުވުންތައް ނޫސްވެރިން ދަނީ އާންމުންނާވެސް ހިއްސާކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.