ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ, ބިރު ދެއްކި މީހަކު ހައްޔަރަށް

މ
21 ސެޕްޓެމްބަރު 2025 10:281 މިނިޓުގެ ކިޔުން
Aa

މިދިޔަ އާދީއްތަ ދުވަހު މާލޭގައި ހިންގި މާރާމާރީޢެއްގައި އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ, ގދ. ވާދޫ/ ފުރުސަތު, ލޫތު އިބްރަހިމް, 28އ. ހައްޔަރުކުރީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ ބިރު ދެއްކުމުގެ އިތުރުން, ޖީބުން ވަޅިއެއް ފެނިފައިވާ މައްސަލައިގައި ކަމަށެވެ.

އޭނާ ހައްޔަރުކުރީ މަރުގެ އިންޒާރު ދިންތާ ފަސް ދުވަސް ފަހުން, 19 ސެޕްޓެންބަރުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ, ލޫތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.