ސަޓާ 2025
ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2025ގެ އެންމެ ގިނަ ގޯލްޑް އެވޯޑް ހޯދި ގައުމަކަށް ސްރީ ލަންކާ ވެއްޖެ އެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސިނަމަން ގްރޭންޑުގައި ރޭ ބޭއްވި ހަފުލާގައި އެކި ކެޓެގަރީތަކުން ލަންކާއަށް 17 ގޯލްޑް އެވޯޑަކާއި 13 ސިލްވާ އެވޯޑް ލިބިފައިވެ އެވެ. އެ ގައުމަށް ގޯލްޑް އެވޯޑް ލިބުނު ދާއިރާތަކުގެ ތެރޭގައި:
ލީޑިން ޓްރެވެލް އެޖްނެޓް – އިންބައުންޑް
ލީޑިން ޓްރެވެލް އެޖްނެޓް- އައުޓްބައުންޑް
ބެސްޓް ޕްރޮމޯޝަން ކެމްޕެއިން
ސައުތް އޭޝިއާ ބެސްޓް ޖީއެމް
ލީޑިން އިކޯ ފްރެންޑްލީ ހޮޓެލް/ރިޒޯޓް
ލީޑިން ފެމިލީ ހޮޓެލް/ރެޒޯޓް
ލީޑިން ލަކްޒަރީ ހޮޓެލް
ލީޑިން އެޑިން ހޮޓެލް/ ރިޒޯޓް
ލީޑިން އެފް އެންޑް ބީ ހޮޓެލް/ރިޒޯޓް
ލީޑީން އެޑްވެންޗާ/ ސްޕޯޓް ޓުއާ އޮޕެރޭޓާ
މި އަހަރު ބޭއްވި ނުވަވަނަ ސަޓާ ހަފުލާގައި 53 ގޯލްޑް އެވޯޑް އަދި 113 ސިލްވާ އެވާޑް ދީފައިވެ އެވެ.
ސަޓާ އެވޯޑަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް މަޝްހޫރު އިވެންޓް އޯގަނައިޒާ، ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ އެވޯޑެކެވެ.











ކޮމެންޓް