އިންޑިއާ އިން ފިޔާ ލިބުމުގައި ދައްޗެއް ނެތް، ބާޒާރުގައި ވެސް ފިޔާގެ އަގު ދަނީ ދަށްވަމުން: އެސްޓީއޯ

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

އެސްޓީއޯއަށް އިންޑިއާ އިން ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރަން ހުއްދަ ދޭން އެންމެ ފަހުން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކުރުމުން އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެސްޓީއޯ އިން ބުނީ، ކުރިއެކޭވެސް އެއްގޮތަށް އެސްޓީއޯ އިން އެކަށީގެންވާ މިންވަރެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށެވެ.

”ފާއިތުވި ދެ މަހުގެ މާކެޓް ޓްރެންޑަށް ބަލާކަމުގައިވާ ނަމަ، ރާއްޖޭގެ މާކެޓުގައި ފިޔާގެ އަގު އަންނަނީ ތިރިވަމުން. ކުރިއަށް އޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ އިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި،“ އެސްޓީއޯ އިން ބުންޏެވެ.

ދުނިޔެ އިން ދެވަނައަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުމުގެ ހާއްސަ ކޯޓާއެއް މިފަހަރު ކަނޑައަޅާފައި ވަނީ ބަންގްލަދޭޝް، ސްރީ ލަންކާ، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.