ފްރާންސް ހިމެނޭހެން އިތުރު ހަ ގައުމަކުން ފަލަސްތީންގެ ދައުލަތް ބަލައިގެންފި

މ
23 ސެޕްޓެމްބަރު 2025 11:331 މިނިޓުގެ ކިޔުން
Aa

ފްރާންސް ހިމެނޭހެން އިތުރު ހަ ގައުމަކުން ފަލަސްތީންގެ ދައުލަތް ބަލައިގަންނަކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ނިއު ޔޯކުގައި މި މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ ކުރިން ބޭއްވި މަތީ ފަންތީގެ ސަމިޓުގައި ފަލަސްތީންގެ ދައުލަތް ބަލައިގެން ގައުމުތަކުގެ ތެރޭގައި ހިމެނެނީ ފްރާންސް، އެންޑޯރާ، ބެލްޖިއަމް، ލުޒެންބާގް، މަލްޓާ އަދި މޮނާކޯއެވެ.

މި ގައުމުތަކުގެ އިތުރުން އޮސްޓްރޭލިއާ، ކެނެޑާ، ޕޯޗުގަލް އަދި ޔޫކޭ ވެސް ވަނީ ފަލަސްތީންގެ ދައުލަތް ބަލައިގަންނަކަން އިއުލާން ކުރައްވައިފަ އެވެ.

ފަލަސްތީންގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އިއުލާން ކުރައްވައިފަ އެވެ.

އދ.ގައި ހިމެނޭ 193 ގައުމުގެ ތެރެއިން މިހާތަނަށް 147 ގައުމަކުން ވަނީ ފަލަސްތީންގެ ދައުލަތް ބަލައިގެންފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.