ޑުރަގް ހޯދަން ކޯޓު އަމުރެއް ހިފައިގެން ވަންއިރު ފެނުނީ ޑުރަގް ހުރި ދެ ކަރުދާސްކޮޅު

މ
29 ސެޕްޓެމްބަރު 2025 09:021 މިނިޓުގެ ކިޔުން
Aa

ށ. ފޭދޫ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ޑުރަގް ހުރި ދެ ކަރުދާސްކޮޅާއެކު ދެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، އެ ގެ ފާސްކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 24 ސެޕްޓެންބަރު 2025 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެ ގެ ބަލައި ފާސްކޮށް ޑުރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ކަރުދާސް ކޮޅާއި ޑުރަގް ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފޭދޫ/ ސައިމާގެ، މުހައްމަދު މުސްތަފާ އާއި އެ ރަށު ލައިޓްހައުސް/ ފާތިމަތު ނައިލާ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަސް ކޯޓަށް ހާޒިރުކުރުމުން މުސްތަފާ 15 ދުވަހަށް އަދި ނައިލާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ވަނީ ދޫކޮށްލައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.